ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި ސިނަމާލެ ބްރިޖަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެކެވެ.
މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މުއްތޮލިބު ވިދާޅުވީ ބްރިޖު އެޅި ޗައިނާ ކުންފުނި، ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗުއީސީ)ން އެ ހާދިސާއާ ގުޅިގެން ރެ އާއި މިއަދު ބްރިޖުގެ އިންސްޕެކްޝަންތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބްރިޖުގައި ހުރި ކޫރުންތައް ބަލައި، ޗައިނާގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީއާ އެކު ވެވިފައިވާ މޮނިޓަރިން އާއި އިންސްޕެކްޝަން އަދި މެއިންޓެނަންސް އިންތިޒާމުގެ ދަށުން، އެކަށީގެންވާ މިންގަނޑުތަކަށް ފެތޭ ގޮތަށް އެ ކުންފުނިން މަރާމާތުތައް ކުރާނެ ކަމަށެވެ.
މިނިސްޓަރު މުއްތޮލިބް ވިދާޅުވީ މިފަދަ ކަންކަމަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ގޮތުުން ކޮންޓްރޯލުން ނެއްޓިގެންދާ އުޅަނދުތައް ބުރިޖު ނުވަތަ އެހެން ތަނެއްގައި ޖެހުމުގެ ކުރިން އެ އުޅަނދެއް ހިފެހެއްޓުމުގެ ގާބިލުކަން ހުރި، ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް އިން މިހާރު ކުރަމުންދާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
މި ޓަގުބޯޓުތައް ކުރިއަށް އޮތް ދެ މަސް ތެރޭގައި ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;