ads
ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު: މި ހާދިސާ ހިނގިއިރު، އެ ބޯޓުތަކުގައި މީހުން ވެސް ތިބި
ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ހިނގައްޖެ
ރޭގެ ވަގުތެއްގައި ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓު ދިޔަވެ އަޑިއަށް ހިނގައްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފި އެވެ.
Advertisement

ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި ސިނަމާލެ ބްރިޖަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެކެވެ. ސޯޝަލް މީޑިއާގައި ރޭ އާންމުވި ވީޑިއޯއަކުން، މި ދެ ބޯޓު އޮޔާ ގޮސް ބްރިޖުގައި ޖެހިފައިވާ ތަން ފެނެ އެވެ. މި ހާދިސާގައި ބްރިޖަށް މާބޮޑު ގެއްލުމެއް ނުލިބެ އެވެ. 

އެމްއެންޑީއެފްއިން ދެންމެ ބުނީ، އެ ދެ ބޯޓު ބުރިޖުގެ ދަށުން އޮޔާ ގޮސް މާލެ އަތޮޅުން ބޭރަށްދާތީ، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެެވެ. 

"ތެޔޮއުފުލާ މި 2 ބޯޓަކީ ވަރަށް ބާވެފައިވާ 2 ބޯޓަށް ވުމާއިއެކު، މި 2 ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައެވެ." އެމްއެންޑީއެފްއިން ބުންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާސް ގޮސް، ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓުތައް އުރުނު ހާދިސާގައި ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ލިބިފައި ނެތް ނަމަވެސް ކުދި ކޫރު އެޅިފައިވާ ކަމަށެވެ. އެ ކޫރުތައް ބުރިޖު ބަލަހައްޓާ ސީއެޗްއީސީއިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަރާމާތުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;