އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރަށުތެރތޭގައި ފެންބޮޑުވެފައިވާތީ ފެން ހިދުމަށްޓަކައި ޕަމްޕު އެޅުމަށް އެކި ސަރަހައްދުތކުގައި ހޮޅިތައް މިހާރު އަޅާފައިވާކަމަށެވެ.
މީގެއިތުރުން މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކު ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ ނުރައްކާތެރި ހާލަތުގައިވާތީ މަގުތައް ބޭނުންކުރާ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް މި ވަގުރު އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް ސީޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ލިންކު ރޯޑް އަދި އެހެނިހެން މަގުތައް ބޭނުންކުރުމުގައި ސަމާލުވެ ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް ބލައިގެން އުޅަނދުގެ ސްޕީޑް މަޑުކޮށްގެން ދުއްވުމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;