ads
މިދިޔަ މަހު ރިޒާވް އިތުރުވިޔަސް ބޭނުންކުރެވޭ މިންވަރު %9.6 ދަށަށް
މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރު ވެއްޖެ
މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވިޔަސް، ބޭނުންކުރެވޭ ރިޒާވް ދަށްވެއްޖެ އެވެ.
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް މަސް ނިމުނުއިރު ރަސްމީ ރިޒާވް ވަނީ 638.0 މިލިއަން ޑޮލަރުން 643.8 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވަނީ 221.9 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

އެމްއެމްއޭއިން ބުނީ، ބޭނުންކުރެވޭ ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ އޮގަސްޓް މަހުގައި އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަަށްވުރެ އެމްއެމްއޭއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވުން ކަމަށެވެ. މިގޮތުން ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމަށް އޮގަސްޓްމަސް ތެރޭގައި ބޭންކްތަކަށް ޑޮލަރު ވިއްކާފައިވާ މިންވަރު ކުރީ މަހާއި އަޅާބަލާއިރު %13.8 އިން އިތުރުވެއިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާ ގުޅިގެން، ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށް އެމްއެމްއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން، ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމަށް އޮގަސްޓް މަހުގެ ތެރޭގައި ބޭންކްތަކަށް ޑޮލަރު ވިއްކާފައިވާ މިންވަރު ވަނީ ކުރީ މަހާ އަޅައިބަލާއިރު 13.8 އިންސައްތައިން އިތުރުކޮށްފަ އެވެ.

މީގެ އިތުރުން، ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ ދަށްވެފަ އެވެ. ފާއިތުވި ޖުލައި މަހާ އަޅައިބަލާއިރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ޓެކްސް އަދި ނޮން-ޓެކްސްގެ ގޮތުގައި އެމްއެމްއޭއަށް ލިބިފައިވާ ބޭރު ފައިސާ ވަނީ 14.3 އިންސައްތައިން ދަށްވެފަ އެވެ.

ބޭނުންކުރެވޭ ރިޒާވް މިހާރު ހުރި މިންވަރުން އެއީ ރާއްޖެއަށް މަހެއްގެ މައްޗަށް ބޭނުންވާ މުދާ އެތެރެކުރެވޭނެ މިންވަރެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ 0.56 އާއި 0.47 މަހުގެ މުދާ އެތެރެކުރެވޭނެ މިންވަރެވެ.

ރާއްޖެއަށް މަހެއްގެ މައްޗަށް 357 މިލިއަން ޑޮލަރާއި 426 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ބޭނުންވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;