ads
ރަސްމީ ދަތުރުފުޅެއްގައި އުއްތަމަ ފަނޑިޔާރު ދެކުނު ކޮރެއާއަށް
ރަސްމީ ދަތުރުފުޅެއްގައި އުއްތަމަ ފަނޑިޔާރު ދެކުނު ކޮރެއާއަށް
އޭޝިއާ އާއި ޕެސިފިކް ސަރަޙައްދުގެ އުއްތަމަ ފަނޑިޔާރުންގެ 20 ވަނަ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދު، ދެކުނު ކޮރެއާގެ ސޯލްއަށް ފުރާވަޑައިގެންފިއެވެ
Advertisement

މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު 16 އިން 18 އަށް ދެކުނު ކޮރެއާގެ ސިއޯލްގައެވެ.

މި ކޮންފަރެންސަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ޢަދްލީ ދާއިރާގެ އިސްވެރިން ބައްދަލުކުރައްވައި، ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި، ޤާނޫނީ ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވާ މުހިންމު ބައްދަލުވުމެކެވެ.

މި މަހާސިންތާގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި، ފަނޑިޔާރު ހުސެއިން ޝަހީދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. 

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އުއްތަމަ ފަނޑިޔާރުންގެ ކޮންފަރެންސަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވޭ މުހިންމު ހަރަކާތެކެވެ. މި ކޮންފަރެންސްގައި އެކި ޤައުމުތަކުގެ އުއްތަމަ ފަނޑިޔާރުން އެއްވެވަޑައިގެން، އެ ޤައުމުތަކުގެ ޝަރުޢީ ނިޒާމުތަކާ ބެހޭ މަޢުލޫމާތާއި، ޢަދްލީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާ މެދު މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވައެވެ.

މި މަހާސިންތާއަކީ ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އޮންނަ އިޢުތިބާރާއި ފަހުމްވުން ބަދަހިކުރުމަށާއި، ސަރަޙައްދީ މަޝްވަރާތައް ދެމެހެއްޓުމުގެ އިތުރުން، ޝަރުޢީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމަށް ބާއްވާ މުހިންމު މައިދާނެކެވެ. އާންމުގޮތެއްގައި މި ކޮންފަރެންސް ކުރިއަށްގެންދަނީ އަހަރީ "ލޯއޭޝިއާ" ކޮންފަރެންސާ އެކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;