ads
ހިމަބިހި ޖެހިފައިވާ ކުއްޖެއް
މިދިޔަ ހަފްތާގައިވެސް 5 މީހަކަށް ހިމަބިހި ޖެހިއްޖެ، ވެކްސިންޖަހަން އެދިއްޖެ
މިދިޔަ ހަފްތާގައިވެސް މާލޭ ސަރަައްދުން ފަސް މީހަކަށް ހިމަބިހި ޖެހިފައިވާތީ ވެކްސިން ޖެހުމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
Advertisement

އެޗްޕީއޭއިން ބުނީ މިހާތަނަށް ހިމަބި ޖެހުނު މީހުންގެ އަދަދު269 އަރާފައިވާކަމަށެވެ. 

ހިމަބި ފެތުރެން ފެށުމުން އެޗްޕީއޭއިން ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފަ އެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 16،368 މީހަކަށް ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އެދެ އެވެ. 

ހިމަބިހިން ރައްކާކެތެރިވުމަށް އަޅަންވީ ފިޔަވަޅުތައް 

  • ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުން 

  • ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ނުވާނަމަ، ލަސްނުކޮށް ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ގޮސް ވެކްސިން ފުރިހަމަ ކުރުން 

  • ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގއިފިނަމަ ސިއްހީ ފަރުވާ ހޯދުން. ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުން، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުން 

  • ބަލީގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން

ރާއްޖެއިން އެއެްކޮށް ނައްތާލާފައިވާކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތަކެއް އަލުން ރާއްޖެއިން ފެނުނީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.  އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ. ދެ ބީދޭސީއެއްގެ އިތުރުން ދެ މި ބަލި ފެނިފައިވާ ގިނަ މީހުންނަކީ 18 އަހަރުން މަތީގެ މީހުންކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;