ޕީޖީ އޮފީހުން ނެރުނު އެ އޮފީހުންގެ މުވައްޒަފުންގެ ގަވައިދުައި ވާގޮތުން އެ މުވައްޒަފުންގެ އާންމު އަޚުލާޤީ މިންގަނޑަކަށް ވާންޖެހޭނީ ޤާނޫނުގެ ވެރިކަން ނަގަހައްޓައ،ި ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ރައްކައުތެރިކުރުން ކަމުގައި އެވެ. އޭގެއިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެންމެހައި ޤާނޫނުތަކަށް ތަބާވެ އެ ޤާނޫނުތަކަށް އިހުތިރާމުކުރުމާއ،ި އެ ޤާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވާން ޖެހޭނެކަަމަށްވެސް ވެއެވެ.
އާމްދަނީ ހޯދުމަށް އިތުރު މަސައްކަތް ކުރާނަމަ އަންގަން ޖެހޭ
ޕީޖީ އޮފީހުގެ އާ ގަވައިދުގައިވާ ގޮތުން އެ އޮފީހުގެ އެއްވެސް މުވައްޒަފަކ،ު އާމްދަނީ ހޯދުމަށް އިތުރު އެއްވެސް މަސައްކަތެއް ކުރަމުންދާ ނަމަ ނުވަތަ މަސައްކަތެއް ފަށާ ނަމަ (މީގެ ތެރޭގައި ވިޔަފާރި ކުންފުނިތަކުގެ ހިއްސާދާރަކަށް ވުމާއ،ި އިންވެސްޓްމަންޓް ފަންޑުތަކުގައި އިންވެސްޓުކުރުން ފަދަ އިތުރު އާމްދަނީއެއް ލިބޭ އެންމެހައި ކަންކަން ހިމެނޭ ގޮތަށް) ސްޓާފް ޕޯޓަލް މެދުވެރިކޮށް އެކަން އޮފީހަށް އަންގަން ޖެހެއެވެ. އަދި ގަވައިދަށް އަމަލުރަން ފަށާ ދުވަހުން ފެށިގެން މަސްދުވަސް ތެރޭ އެ މައުލޫމތުތައް ހިއްސާކޮށް ދިން މައުލޫމާތަށް އަންނަ ބަދަލުތައް ސްޓާފް ޕޯޓަލުގައި އަޕްޑޭޓް ކުރަމުން ގެންދަން ޖެހޭނެކަމަށްވެސް އާ ގަވައިދުގައި ވެއެވެ.
ދަރިން ބަލާ ސްކޫލަށް ދަންޏާއި އެކަން އަންގާ ރެޖިސްޓްރީ ވާން ޖެހޭނެ
ޕީޖީ އޮފީހުގެ އާ ގަވައިދުގައި ވާގޮތުން ރަމަޟާންމަސް ނޫން އެހެން މަސްމަހުގެ ރަސްމީ މަސައްކަތު ދުވަސްތަކުގެ މެންދުރު 12:00 އާއި 2:00 އާ ދެމެދު މުވައްޒަފުންނަށް ހުސްވަގުތުގެ ގޮތުގައި އެއް ގަޑިއިރު ލިބޭނެއެވެ. އަދި ދަރިން ސްކޫލަށް ގެންދިޔުމާއި ގެނައުމުން މި ވަގުތުގެ ތެރެއަށް ފައްތަން ޖެހޭނެކަމަށްވެސް ގަވައިދުގައި ބުނެ އެވެ.
އެނޫން ވަގުތެއްގައި ދަރިން ބަލާ ނުވަތަ ލާން ސްކޫލް ދޮށަށް ދެވޭނީ ހުސްވަގުތު ނެގުމުގެ ކުރިން ހިއުމަން ރިސޯސް ސެކްޝަނުގައި އެކަމަށް އެދ،ި ސްޓާފް ޕޯޓަލް މެދުވެރިކޮށް އޮފީހުގައި ރަޖިސްޓަރީ ކޮށްގެންކަމަށް ޕީޖީ އޮފީހުގެ ގަވައިދުގައި ވެއެވެ. އަދި ރެޖިސްޓްރީކުރާއިރު މަދަރުސީ އުމުރުގެ ދަރިން ހާޒިރުވާ ސުކޫލާއި މަދަރުސީ އުމުރުގެ ދަރިން ސްކޫލަށް ހާޒިރުވާ ގަޑިއާއި ނިމޭ ގަޑި އެގެން އޮންނަން ވާނެކަމަށްވެސް އެ ގަވައިދުގައި ވެއެވެ.
ކުރީހެ ހަފްތާގައި ބަރާބަރަށް އޮފީހަށް އައިނަމަ ހަފުތާއަކު 1 ދުވަހު ގޭގައި ހުރެގެން މަސައްކަތްކުރެވޭ
އާ ގަވައިދުގައިވާ ގޮތުން ޕީޖީ އޮފީހުގައި މަސައްކުރާތާ އެއް އަހަރުވެފައިވާ މުވައްޒަފުންގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ މުވައްޒަފުންނަށް ކޮންމެ ހަފުތާއަކު ރަސްމީ މަސައްކަތުގެ އެއް ދުވަހު ގޭގައި ހުރެގެން މަސައްކަތްކުރުމުގެ ހައްގު ލިބެއެވެ. އެގޮތުން އެ މީހަކީ އޭގެ ކުރީގެ ހަފްތާގައި އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ނަގައިފައިނުވާ މުވައްޒަފަކަށް ވާން ޖެހެއެވެ. އަދި ވީނުވީއެއް ނާންގައި އޮފީހަށް ހާޒިރުނުވާ ދުވަހެއް ނެތުމާއި ވޭތުވެދިޔަ ހަފުތާގެ ހުރިހާ ރަސްމީ މަސައްކަތު ދުވަހެއްގައ،ި އޮފީހަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވެފައިވުމާއި އޮފީހުގެ މަސައްކަތުގައި ހޭދަކުރަންޖެހޭ ގަޑީގެ މިންވަރަށް މަސައްކަތުގައި ވަގުތު ހޭދަކޮށްފައިވާ މުވައްޒަފަކަށް ނޫނީ ގޭގައި މަސައްކަތް ކުރަން ފުރުސަތު ނުލިބޭނެކަަމަށް ގަވައިދުގައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;