ads
ރައީސް މުއިއްޒު
ޕީއެންސީގެ 1119 މެމްބަރުން ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދީފީ
ޕީއެންސީގެ ކޮންގެރެސްގެ އިއްތިފާގުން ރައީސް ޑރ. މުހައްމަދު މުއިއްޒަށޤ ދެވަނަ ދައުރެއް ދޭން ފާސްކޮށްފި އެވެ.
Advertisement

މުއިއްޒަށް ދެވަނަ ދައުރެއް ދޭން އެމަނިކުފާނަށް ހުށައެޅުމަށް ކޮންގެރެސް އަށް ގަރާރެއް ހުށައެޅީ އަމިއްލަ މެމްބަރެކެވެ. 

މި ގަރާރުގައި ވަނީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިިނުމަކީ ގައުމީ ވާޖިބެއްކަމަށްވާތީ އެކަން ޕީއެންސީގެ މަތީ މަޖިލީހުން އެމަނިކުފާނަށް ރަސްމީކޮށް ހުށައެޅުމަށެވެ.

ކޮންގުރެސްގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި މި ގަރާރަށް ބަހުސްކުރަން ހުޅުވާލުމުން ގިނަ އަދަދެއްގެ މެެމްބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. އޭގެތެރޭގައި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ޕީއެންސީގެ އާއްމު މެމްބަރުން ހިމެނެ އެވެ. ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ރާއްޖެއަށް މި ސަރުކާރުން ގެންނަ ތަރައްގީގެ ބަނީ އަކީ ރައީސް މުއިއްޒުކަން ފާހަގަކުރައްވާ އެމަނިކުފާނަށް ތައުރީފުގެ ބަސްތައް އޮއްސާލާފަ އެވެ. 

މި ގަރާރަށް ފާސްކޮށްފައިވަނީ ކޮންގެރެސްގައި މިއަދު ހެނދުނު ދަންފަޅީގައި ބައިވެރި 1119 މެމްބަރުންގެ އިއްތިފާގުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;