ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު ހުރިއިރު، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.
އެ މިނިސްޓްރީން ބުނީ، ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާ އެކު މަސައްކަތް ކުރުމަށެވެ. އެގޮތުން:
މިދިޔަ ސަރުކާރުން އިންޑިއާ އަތުން ވަނީ 150 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަަ އެވެ.
ލޯނު ދައްކާ ނިންމި ގޮތް
ފުރަތަމަ 50 މިލިއަން ޑޮލަރު ދެއްކީ 2024ގައި
ދެވަނަ 50 މިލިއަން ޑޮލަރު ދެއްކީ 11 މެއި 2026 ގައި
ތިންވަނަ 50 މިލިއަން ދެއްކީ މިއަދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކައި މިއަދު ހަލާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާ އެކު، މި 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައި ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;