ފުލުހުން ބުނީ، ސަބުނަމް މަގުގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު މިރޭ 9:01 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި އުމުރުން 48 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.