ads
ސިއްރުން ފުރަން އުޅެނިކޮށް ފަޅާއެރުމުން، ކިޑްނެޕްކުރީ ކަމަށް ހަދައިފި
އަންހެނުންނަށް ސިއްރުން ފުރަން އުޅެނިކޮށް ފަޅާއެރުމުން، ކިޑްނެޕްކުރީ ކަމަށް ހަދައިފި
އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ ވިޔަފާރިވެރިއަކު، އޭނާގެ އަންހެނުންނަށް ސިއްރުން އަންހެން ރަހުމަތްތެރިއަކާއެކު މެލޭޝިޔާއަށް ފުރަން އުޅެނިކޮށް ފަޅާއަރައިފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ އެ މީހާ ވިޔަފާރި ދަތުރެއްގައި ފުރައިގެންދާ ކަމަށް ބުނެ އަންހެނުންނަށް އޮޅުވާލުމަށްފަހު، ސިއްރުން އަންހެން ރަހުމަތްތެރިޔާއާއެކު ގައުމުން ބޭރަށް ދާން އުޅުމުގެ ތެރޭގަ އެވެ.

މައުލޫމާތު ލިބޭގޮތުގައި، މި މީހާ އޭނާގެ އަންހެން ރަހުމަތްތެރިޔާއާއެކު މެލޭޝިޔާއަށް ދިއުމަށްޓަކައި އެއާޕޯޓަށް ގޮސް އުޅެނިކޮށް، އިމިގްރޭޝަން އޮފިޝަލުން ވަނީ އޭނާއާއެކު ދިޔަ އަންހެން ރަހުމަތްތެރިޔާގެ ޕާސްޕޯޓާ މެދު ސުވާލު އުފައްދައި، މައްސަލައެއް ފާހަގަކޮށްފައެވެ. އިމިގްރޭޝަނުން މި މައްސަލަ ފާހަގަކުރުމާ ގުޅިގެން، އެ މީހާ ވަނީ ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވެފައެވެ.

އޭނާ ހާސްވާންޖެހުނު މައިގަނޑު ސަބަބަކީ، އިމިގްރޭޝަނުން އެ މައްސަލަ ބަލަން ފެށުމުން، އަންހެނުންނަށް ސިއްރުން ކުރަން އުޅުނު މި ދަތުރުގެ މައުލޫމާތު އޭނާގެ އާއިލާއަށް ފަޅާއަރައިގެން ހާމަވެދާނެތީއެވެ. އެހެންކަމުން، އާއިލާއަށް އެކަން އެނގި އަތުވެއްޖެނަމަ ސަލާމަތްވުމުގެ ގޮތުން އަދި އާއިލާއަށް އޮޅުވާލުމުގެ ނިޔަތުގައި، އޭނާ ވަނީ އަމިއްލައަށް ކިޑްނެޕްވީ ކަމަށް އަންގައި މަންޒަރު ރާވާފަ އެވެ.

ނަމަވެސް، އިމިގްރޭޝަނުން އޭނާގެ ރަހުމަތްތެރިޔާގެ ޕާސްޕޯޓު ފާހަގަކުރުމުން އުފެދުނު މި މައްސަލައިގެ ތެރެއިން، އޭނާ އަމިއްލައަށް ކިޑްނެޕްކުރީ ކަމަށް ހަދައިގެން އުޅުނު އުޅުންވެސް ފަހުން ވަނީ ފަޅާއަރައި، މުޅި ހާދިސާގެ ހަގީގަތް ސާފުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް