ads
މީރާ
ޓެކްސް ނުދައްކާ ލިސްޓުގައި ޔޫސޭއާ، ޝެވެކާއި ޗީބޯ، ދައްކަންޖެހޭ އަދަދު މިލިއަނުން މަތީގައި
މިލިއަނުން މަތިން ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއިން (މީރާ) އިން އާއްމުކޮށްފި އެވެ.
Advertisement

މީރާއިން މިއަދު އާއްމުރި ލިސްޓުގައި 33 ފަރާތެއްގެ ނަން އެބަ އޮތެވެ. އޭގެތެރެއިން ފާހަގަކޮސްލެވޭ ބައެއް ނަންތަކުގެ ތެރޭގައި ބިގް ފިޝް ހިންގަމުން އަންނަ ޔޫސުފް ރަފީއު އާއި މާލޭ ޒުވާނުންގެ މަދުގައި މަޝްހޫރު ސިނަމާ ޝްވެކް ސިނަމާ ހިންގާ ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މާލޭގެ މަޝްހޫރު ކެޕޭ ޗީބޯ ހިންގަމުން އަންނަ ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. 

މީގެއިތުރުން އެފްއޭއެމްގެ ކޮރަޕްޝަނުގައި ޖަލު ހުކުމެއް އިއްވާފައިވާ ބައްސާމް އަދީލް ޖަލީލާއި ޕާމް ބީޗް ރިސޯޓް ހިންގާ ސަން ސްޕޯޓް ހޮލިޑޭސް ލިމިޓެޑްވެސް ހިމެނެ އެވެ. 

މީރާއިން ބުނީ މިއަދު އާއްމުރި ލިސްޓުގައި ހިމެނޭ 33 ފަރާތަކީ އެ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްގެ ތެރެއިން މިހާތަނަށް ނުދައްކާ އޮތް އަދަދު އެއް މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާ ފަރާތްތައްކަމަށެވެ.

،ިރާއިން ބުނީ މި ކުންފުނީގެ ނަންތައް އާއްމުކުރީ ޓެކްސް ނުދެކުމުން އަޅަމުން ދާނެ ފިޔަވަޅުތައް ތަފްސީލުކޮށް އެ ފަރާތްތަކަށް އެންގުމަށްފަހު ކަމަށެވެ. އެގޮތުން ފޯނުން ގުޅާ އެސްއެމްއެސް މެދުވެރިކޮށް އެ މައުލޫމާތުތައް ހިއްސާކޮށްފައި ވާނެކަމަށް މީރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް