މިއީ މަސް ކިލޯއެއްގެ އަގު 21 ރުފިޔާގައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެ ކުންފުނިން ގެނައި ބަދަލެކެވެ.
އެގޮތުން ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަމަސް ކިލޯއެއް މިއަދުން ފެށިގެން 22ރ. އަށް ގަންނައިރު، 10-15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 20ރ. އަށެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25ރ. އަށެވެ.
ސަރުކާރުގެ މިހާރުގެ އަމާޒަކީ މަސް ކިލޯއެއްގެ އަގު 20ރ. އަށް ވުރެ ދަށް ނުކުރުމެވެ. ކަޅުބިލަމަސް ކިލޯއެއް 22ރ. އަށް ގަންނަން ފެށީ 21ރ. އަށް ގަންނަތާ ދުވަސްތަކެއް ފަހުންނެވެ.