ads
އިރާގުގެ މަޝްހޫރު ބޮޑީބިލްޑިން ޗެމްޕިއަން ސަޖާދު ޖަވާދު
ރަންމެޑަލް ހޯދައި އުފާފާޅުކުރަނިކޮށް ޖަވާދު ކުއްލިއަކަށް މަރުވެއްޖެ
އިރާގުގެ މަޝްހޫރު ބޮޑީބިލްޑިން ޗެމްޕިއަން ސަޖާދު ޖަވާދު، އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދިތާ އެންމެ ތިން ދުވަސް ފަހުން ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
Advertisement

އޭނާ މި މުބާރާތުން ރަން މެޑަލް ހޯދާފައިވަނީ ތައިލެންޑުގައި ކުރިއަށްދިޔަ މުބާރާތުގެ 90 ކިލޯގްރާމް ކެޓަގަރީން ވާދަކޮށްގެންނެވެ. 

ސަޖާދު ޖަވާދު މަރުވިކަން އިރާގުގެ ބޮޑީބިލްޑިން ފެޑެރޭޝަނުން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. އެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި އޭނާގެ މަރާ ގުޅިގެން ފުން ހިތާމަ ފާޅުކޮށް، އޭނާގެ އާއިލާއަށާއި ކުޅިވަރުގެ އާއިލާއަށް ތައުޒިޔާ ކިޔާފައިވެއެވެ. 

މި މުބާރާތުގައި ހޯދި ބޮޑު ކާމިޔާބީއަށްފަހު އުފާފާޅުކުރަމުން ދަނިކޮށް ދިމާވި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ސޯޝަލް މީޑިއާގައި އޭނާގެ ސަޕޯޓަރުންނާއި ކުޅިވަރުގެ ދާއިރާގެ ގިނަ ފަރާތްތަކަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. 

ސަޖާދު ޖަވާދު މަރުވާން މެދުވެރިވި ރަސްމީ ސަބަބެއް މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ މަރާ ގުޅޭގޮތުން މީޑިއާތަކުގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުން ދިޔަނަމަވެސް، އެއިން އެއްވެސް ވާހަކައަކީ މިހާތަނަށް ކަށަވަރުވެފައިވާ ވާހަކަތަކެއް ނޫނެވެ. 

އޭޝިއާގެ ފެންވަރުގައި އިރާގަށް ރީތި ނަމާއި ޝަރަފު ހޯދައިދިން މި ޗެމްޕިއަންގެ ކުއްލި ވަކިވުމަކީ އެ ގައުމުގެ ބޮޑީބިލްޑިން ދާއިރާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް