ކަސްޓަމުން ބުނީ ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގްސް ވައްދަން އުޅެނިކޮށް އަތުލައިގަތީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުންކަމަށެވެ.
މިތަކެތި އަތުލައިގަނެފައިވަނީ އަންގާރަ ދުވަހު އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ ދެ ފަސިންޖަރުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެމީހުންގެ ލަގަޖް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މިތަކެތި އަތުލައިގަތީ މިދިޔަ އަންގާރަ ދުވަހު ކަމަށް ކަސްޓަމުން ބުނެ އެވެ. ރާއްޖެ އެތެރެކުރަން އުޅުނިކޮށް އަތުލައިގެން ޑްރަގުގެ ބަރުދަން 3.3 ކިލޯ އަށްވުރެ މައްޗަށް އަރާކަމަށް ކަސްޓަމުން ބުނެ އެވެ. އަދި ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ޑްރަގު ބާވަތެއްކަމަށްްވާ ކެނަބިސްކަމަށް ކަސްޓަމުން ބުނެ އެވެ.
މިތަކެތި އެތެރެކުރަން މަސައްކަތް ކުރި މީހުންގެ ތަފްސީލެއް ކަސްޓަމަކުން ނުދެއެވެ. ފަހަކަށް އައިސް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ގިނަ އަދަދެއްގެ ކެނެބިސް ކަސްޓަމުން ވަނީ އަތުލައިގެން ފައެވެ.