ads
ދިވެހިރާއްޖެ އާއި ކްރޮއޭޝިއާ އާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރަން ސޮައިކުރުމުގެ ތެރެއިން
ސިޔާސީ ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި ކްރޮއޭޝިއާ ދެމެދު އެއްބަސްވުމެއް
ދިވެހިރާއްޖެ އާއި ކްރޮއޭޝިއާ އާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރަން "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ.) ގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި މިއަދު ނިއުޔޯކްގައި ސޮއިކުރީ "އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފުތާގެ ހަވާސާގައި އެވެ. 

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ މިނިސްޓާ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް އެފެއާޒް، ގާލިޗް ރަޑްމެން އެވެ. އަދި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަނީ ދެ މިނިސްޓަރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހު ކަމަށް ދިވެހި ފޮރިން މިނިސްޓްރީން ބުނެ އެވެ.

your imageދިވެހިރާއްޖެ އާއި ކްރޮއޭޝިއާ އާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރަން ސޮައިކުރުމުގެ ތެރެއިން

މި ފަހުމުނާމާގައި ސޮއިކުރެވުމާއެކު، ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށާއި ދެ ޤައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެއިތުރުން، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވުންކަމަށްވެސް ފޮރިން މިނިސްްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް