މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މެހެދީ ހަސަން އިމޮން އެވެ.
އިމޮން ބްރިޖު މަތިން ކަނޑަށް ފުންމާލުމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ހަރަކާތްތެރިވެ، ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައި އޭނާ ސަލާމަތްކޮށް ފުލުހުންނާ ހަވާލުކޮށްފައެވެ.
އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ ތުހުމަތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމުން، ޤާޟީ ނާޒިރު މުޢައްޒަމިލް ވަނީ 29 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. އޭނާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއް ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އޭނާ މިހާރު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، ބަލި ހާލަތު ފިލައި ދިޔުމުން އަލުން ކޯޓަށް ހާޒިރުކުރުމަށް ވަނީ އަމުރުކޮށްފައެވެ.