ads
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު މާލަމުން ނުކުމެވަޑައިގަންނަވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ
ނަތަންޔާހޫ ތަގުރީރު ކުރި ވަގުތު ރާއްޖޭން ވެސް މާލަން ދޫކޮށްލައިފި
އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގައި އދ. ގެ އާއްމު މަޖިލީހުގައި ވާހަކަދައްކަން ޕޯޑިއަމްގެ ކައިރީ ހުއްޓުމާ އެކު، އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން، ގިނަ ގައުމުތަކުގެ މަންދޫބުން މާލަން ދޫކުރައްވައި ވަޑައިގެންނެވުމުން އޭނާ އެކަމާ ނުރުހުންފާޅުކޮށްފި އެވެ.
Advertisement

އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގައި މިއަދު ހެނދުނު ނަތަންޔާހޫގެ ތަގުރީރު ފެށި ވަގުތު، ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ފޮރިން މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއެއް ފޮރިން މިނިސްޓްރީން މިއަދު ހެނދުނު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. 

މި މަތީ ފަންތީގެ ސެޝަނަކީ ދުނިޔޭގެ ލީޑަރުންނާއި، ދައުލަތްތަކުގެ އިސްވެރިންނާއި، މެންބަރު ގައުމުތަކުގެ މަންދޫބުން އެއްވެ، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރާ ބައްދަލުވުމެކެވެ.

ނިރުބަވެރި އިސްރާއީލުން ގެންދަނީ ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުން ރޯމާ ދުވާލު ގަތުލުކުރަމުންނެވެ. އަދި އެ ރައްޔިތުންގެ ގެދޮރުތައް ހަލާކޮށް އެއީ އެ މީހުންގެ ބިން ކަމުގައި ދައުވާ ކުރަމުންނެވެ.

ފަލަސްތީނާއި އިޒްރޭލުގެ މައްސަލާގައި ރާއްޖޭން އަބަދު ވެސް ވަކާލާތުކުރަނީ 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، ސިޔާދަތީ އަދި މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށެވެ.

ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން މަދުވެގެން 73،470 މީހުން ޝަހީދުވެފައި ޥާއިރު، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް 1،330 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް