މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ދަޑިކޮށީގޭ، އާމިނަތު އަލީދީދީ (46 އަހަރު) އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މާރާމާރީ ހިންގުމާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ އަމަލެއް ހިންގި ކަމުގެ މައްސަލައެއްގައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ ބެއްލެވި ޤާޟީ އާދަމް މުޙައްމަދު ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރައްވާފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 11 އޮކްޓޫބަރު 2026 ގައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުއަސާސީގެ ދަށުން އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓާއި ހެކިތަކަށް ބަލާއިރު، އޭނާގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ކޯޓަށް ހެކި ލިބިފައި ވެއެވެ.