ads
ބްރިޖު ހުރަސްކޮށް ހިނގާފައި ހުޅުލެއަށާޢި ހުޅުމެއަށް ދިޔުން މަނާކޮށް ބަހައްޓާފައިވާ ކޮންކުރީޓް ބެރިކޭ
ބްރިޖުން ހިނގާފައި ހުޅުލެއަށާއި ހުޅުމާލެއަށް ދާ މީހުނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދާ މީހުނަށް ފިޔަވަޅު އަޅާނެކަމަގެ އިންޒާރު ފުލުހުން ދީފި އެވެ.
Advertisement

30 އޯގަސްޓް 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުނު ދުވަހުން ފެށިގެން، ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައިވާ ކަމެއްކަމަށް ފުލުހުން ބުނެ އެވެ.  އެހެންނަމަވެސް، ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ފާހަގަކުރެވިފައިވާކަމަށްވެސް  ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ  މިއީ ހުއްދަކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އެހެންކަމުން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައި "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކުރެވިފައިވާނެކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ހިނގާފައި ހުޅުލެއަށާއި ހުޅުމާލެއަށް ދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. 

" މި ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެވާހަކަ ދަންނަވަމެވެ." ފުލުހުން ދިން އިންޒާރުގައި ވެއެވެ.

ބްރިޖު ހުރަސްކޮށް ހިނގާފައި ހުޅުލެއަށާއި ހުޅުމާލެއަށް ދިޔުމަނާ ކުރުމަށް ފުލުހުން ހުންނަނީ ބްރިޖުގެ ކޮޅުގައި ކޮންކްރީޓުން ހަދާފައި ހުންނަ ބެރިކޭޑްތައް ބަހައްޓާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް