ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
ޝަރުތުތަކަކާއި އެކު މީހުން ވަޒީފާ އިން ވަކިކުރި ވިޔަފާރިތަކަށް ލޯން ދެނީ
ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަޒީފާ އިން ވަކިކޮށް މުސާރަ ކުޑަކޮށް އަދި ސަސްޕެންޑު ކުރުން ފަދަ ކަންތައް ކުރި ވިޔަފާރިތަކަށް ޝަރުތުތަކަކާއި އެކު ރިކަވަރީ ޕެކޭޖަށް އެދެވޭނެ ގޮތަށް ހަދައިފި އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން ވިޔަފާރިތަކަށް ދޫކުރާ ރިކަވަރީ ޕެކޭޖުތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރަޝޭން (އެސްޑީއެފްސީ) އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހުށައަޅާފައިވާ ވިޔަފާރިތަކުގެ ތެރޭގައި މުވައްޒަފުން ނޯ ޕޭއަށް ފޮނުވި އަދި ވަޒީފާއިން ވަކިކުރި ވިޔަފާރިތައް ހިމެނޭ ކަމަށެވެ. އަދި މިފަދަ ވިޔަފާރި ތަކަކަކީ ލޯނަށް ޝަރުތުހަމަވާ ވިޔަފާރިތަކެއް ނޫން ކަމަށާއި އެ ވިޔަފާރިތަކުގެ އެޕްލިކޭޝަން ރިޖެކްޓު ކޮށްފައިވާނެ ކަމަށެވެ. 

އެހެން ނަމަވެސް މިހާރު މި ވިޔަފާރިތަކަށް ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިފަދަ ވިޔަފާރިތަަކަށް ލޯނަށް އެދި ހުށައެޅެނީ ވަޒީފާއިން ވަކިކުރި، ސަސްޕެންޑް ކުރި އަދި މުސާރައިން އުނި ކުރި މުވައްޒަފުންގެ އެ ނިންމުން އަނބުރާ ގެންގޮސް މަދުވެގެން 5000 ރުފިޔާ ދިނުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ އިތުރުން، އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ދޭން ނިންމާފައިވާ 18،000 ރުފިޔާގެ ލޯން، 30،000 އަށް އިތުރުކޮށްފައި ވާކަމަށާއި މީގެ ސަބަބުން ވިޔަފާރިތަކަށް ކުރިއަށް ވުރެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މިިނިސްޓަރު ވިދާޅުވީ، މި ނިންމުންތައް ނިންމާފައި ވަނީ ވިޔަފާރި ކުރާ މީހާ އަށާއި މުވައްޒަފުންނަށް ފައިދާ ވާނެހެން ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރު ސާކިއުލާއެއް މިއަދު ނެރޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮވިޑް-19 އާއި ގުޅިގެން ކުރި މަތިވި އިގްތިސާދީ ގޮންޖެހުންތަކާއި އެކު ގިނަ އަދަދެއްގެ ވިޔަފާރިތަކަކުން ވަނީ މުވައްޒަފުން ވަޒީފާއި ވަކިކުރުމާއި މުސާރަ ކުޑަ ކުރުން ފަދަ ކަންތައްތައް ކޮށްފަ އެވެ. ގިނަ އަދަދެއްގެ ރިސޯޓުތަކުން މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، ނޯޕޭއަށް ފޮނުވާ މުސާރަ ކުޑަކޮށްފައި ވުމުން، ބީއެމްއެލް މެދުވެރިކޯށް ދޫކުރާ ލޯނަށް ޝަރުތުހަމަ ނުވާކަމުގެ ޝަކުވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ކޮށްފަ އެވެ. އަދި މި ޕެކޭޖުތަކުން ވާ އެއްވެސް ފައިދާ އެއް ނެތް ކަމަށްވެސް މަޓީ އިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް