ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެޑްރެސް ކުރައްވާ އަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ބުނީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު ތަންފީޒުކުރުމާއި ގުޅޭ ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ. ފަރާތުގެ. ޙައްޤުތަކާއި އިލްތިޒާމްތައް. ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ، ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނު ކަމުގައި ވާ ޤާނޫނު ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނު ވަނީ ނޮމްބަރ 18، 2021 ގައި ގެޒެޓުކުރެވިފައިކަމަށެވެ.
ގެޒެޓު ކުރެވި އަމަލުކުރަން ފެށިތާ 4 އަހަރާއި 10 މަސްދުވަސް ފާއިތުވިއިރު، އެގާނޫނުގެ ބެލެނިވެރި ފަރާތްކަމަށްވާ މިނިސްޓްރީ އޮޕް. އިންފްރްސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޑްމެންޓް' އިން އެ ގާނޫނުގެ ދެވަނަ ބާބު، "ގާނޫނު ހިންގުން' ގައި ބަޔާންކޮށްފައިވާ ޤަވާއިދުތައް ވަނީ އެކުލަވާލައްވާފައިކަން ކުޑޫ ފާހަގަކުރެއްވި އެވެ.
ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި އާއްމުކުރި ތާރީހު
ގޯތ ގެދޮރާއި ގުޅޭ ޤާނޫނާއި އެއާއި ގުޅުންހުރި ޤަވާއިދުތައް ހެދިފައިވާއިރު، އެކަންކަން ތަންފީޒުކުރެވެމުންދޭތޯ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމެޓީ މެދުވެރިކޮށް "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ސާޅުކޮށްދެއްވުން ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.