ads
އެމްއެމްއޭ މައި އޮފީސް
އެމްއެމްއޭގެ ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތަށް ހުޅުވާލައިފި
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ފިންލިޓް ފެސްޓް 2026 ގެ ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގައި ކުޑަކުދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ދެ ކެޓަގަރީއަކުން ވާދަކުރެވޭނެއެވެ. އެއީ ގްރޭޑް ފަހަކާއި ހަތަކާއި އަދި ގްރޭޑް އަކަކުން ނުވެއެއްގެ ކެޓަގަރީ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެ މުބާރާތުގައި ޑިޖިޓަލް ކުރެހުންތަކާއި ޑިޖިޓަލްނޫން ކުރެހުންތައް ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގައި ފަސް ތީމަކަށް ކުރެހުން ހުށަހެޅޭނެ އެވެ. އެއީ މާލީ ދުޅަހެޔޮކަމާއި ވިސްނުންތެރިކަމާއެކު ފައިސާ ގެންގުޅުން، ފައިސާ ރައްކާކުރުމާއި މުސްތަގުބަލުގެ އަމާޒުތައް، އެންމެން ބައިވެރިވާ މާލީ އިގްތިސާދު، އީޖާދުތަކާއި ކުރިމަގުގައި ފައިސާ، އަދި ރައްކާތެރި ޒިންމާދާރު ދެމެހެއްޓެނިވި މާލީ ނިޒާމެވެ.

ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހަޅައިގެން 3،000 ރުފިޔާއާ ހަމައަށް އިނާމު ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި މި މުބާރާތަށް ހުށަހެޅޭ ކުރެހުންތަކުން ހޮވާލެވޭ ބައެއް ކުރެހުންތައް އެމްއެމްއޭގެ އެކިއެކި އިވެންޓްތަކާއި ހޭލުންތެރިކަމުގެ ކެންޕޭނުތަކުގައި ވެސް ބޭނުންކުރާނެކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މި މުބާރާތަށް ކުރެހުން ހުށަހަޅާނީ [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެމްއެމްއޭ އަށް ކުރެހުމުގެ އަސްލު ފޮނުވައިގެންނެވެ. ކުރެހުން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް