މި ފޮޓޯއާއެކު އޭނާ ވަނީ ހަމުގެ މައްސަލަތައް ދިމާވާ ދުވަސްތަކުގައި ނުވަތަ "ބޭޑް ސުކިން ޑޭސް" ތަކުގައި، އަމިއްލަ ނަފްސު ގަބޫލުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެފަދަ ހާލަތްތަކަށް ސަޕޯޓަރުން ހިތްވަރާއެކު ކުރިމަތިލުމަށް އިލްތިމާސްކޮށްފައެވެ.
ތަމަންނާގެ މި ހިއްސާކުރުމާ ގުޅިގެން، ހަމުގެ ހާއްސަ ޑޮކްޓަރުން (ޑަރމަޓޮލޮޖިސްޓުން)ވެސް ވަނީ މި ބަހުސްގައި ބައިވެރިވެފައެވެ. ޑޮކްޓަރުން ވަނީ އަންހެނުންނަށް ދިމާވާ ހޯމޯނަލް އެކްނޭ ނުވަތަ އޮށްބުނެގަތުމުގެ މައްސަލަތަކުގައި ސޯޝަލް މީޑިއާ ފިލްޓަރުތަކަށް ބަރޯސާވެ، އަސްލު ސިފަ އޮޅުވާލުމަށް މަސައްކަތް ނުކުރުމަށް އިރުޝާދު ދީފައެވެ.
އޭގެ އިތުރުން، ހަމުގައި އޮށްބުނެގަތުން ފަދަ މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު، އަވަސް އަވަހަށް ބޭނުންކުރާ ސުކިންކެއާ އުފެއްދުންތައް ބަދަލުކުރުމަކީ ނުރައްކާތެރި ކަމެއްކަމަށް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ. މިފަދައިން ބޭނުންކުރާ އުފެއްދުންތައް ގަވާއިދުން ބަދަލުކުރުމުގެ ބަދަލުގައި، ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ ފަރުވާއެއްގައި ހިފެހެއްޓުން މުހިންމެވެ.
ޑޮކްޓަރުން އިތުރަށް ބުނެފައިވަނީ ހޯމޯނަލް އެކްނޭއާ ކުރިމަތިލާންޖެހޭ ދުވަސްވަރު ސޯޝަލް މީޑިއާގެ ފިލްޓަރުތަކަށް އޮބްސެސްވުމުގެ ބަދަލުގައި، އަމިއްލަ ނަފްސާއި ހަމުގެ އަސްލު ހާލަތު ގަބޫލުކޮށްގެން އުޅުމަކީ ނަފްސާނީ ގޮތުންނާއި ހަމުގެ ސިއްހަތަށްވެސް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.