ads
މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ކާރު ފުރޮޅާލާފައި: އެ އެކްސިޑެންޓުގައި ނިޔާވީ އިމީލީގެ އާއިލާ އިން އެގައުމަށް ގޮސް ތިބުމަށް ދަނީ އެހީ ހޯދަމުން.
މެލޭޝިއާގައި ހިނގި އެކްސިޑެންޓުގައި މަރުވި ދިވެހި ދަރިވަރުގެ ޖަނާޒާ މިއަދު
މެލޭޝިއާގައި ދެ ކާރު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ދިވެހި ދަރިވަރުގެ ޖަނާޒާ މިއަދު ބާއްވަން ނިންމައިފި އެވެ.
Advertisement

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް އެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނީ އިމީލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މަޣްރިބު ނަމާދަށް ފަހުކަމަށެވެ. ޖަނާޒާގެ ކަންކަން އޮންނާނީ މެލޭޝިއާގެ މަސްޖިދު އަލްއިރުޝާދު ސުބަންގް ޖަޔާ ސެލެންގާގައެވެ. މެލޭޝިއާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން މި ކަށުނަމާދުގައި ބައިވެރިވުމަށް އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ.

މި އެކްސިޑެންޓުގައި ކާރުގެ ޑްރައިވަރު މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށް މެލޭގެ ފުލުހުން ވަނީ ބުނެފަ އެވެ.  

މި މައްސަލައިގައި ކާރު ޑްރައިވަރު ވަނީ ހަތަރު ދުވަހަށް ބަންދުކޮށްފަ އެވެ.

އާދިއްތަދުވަހުގެ ރޭ 8:48 ހާއިރު ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ސުބަންގް ޖަޔާ ސިޓީގެ ޕޮލިސް ޗީފް، އެސިސްޓަންޓް ކޮމިޝަނަރު ވަން އަޒްލާން ވަން މާމަތު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، އެކްސިޑެންޓް ހިނގީ ރައިޑް ޝެއަރިންގެ ދަށުން ޓެކްސީގެ ހިދުމަތްދޭ 37 އަހަރުގެ މެލޭޝިޔާ ފިރިހެނަކު ދުއްވި ޕެރޯޑުއާ އެޓީވާ ބްރޭންޑްގެ ކާރެއް އެހެން ކާރެއްގައި ޖެހިގެންނެވެ. 

މި ހާދިސާގައި އިމޫލީ ނިޔާވީ ކާރު ތެރޭގައި ތާށިވެ، ބޮޑެތި އަނިޔާތަކެއް ލިބިގެންނެވެ. މެޑިކަލް ޓީމުތަކަށް އެ ސަރަހައްދަށް ދެވުނުއިރުވެސް އެ ދަރިވަރު ވަނީ ނިޔާވެފައި ކަމަށާއި، ނިޔާވި ދަރިވަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ސަރުދަންގް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް މެލޭގެ ނޫސްތަކުން ބުނެ އެވެ. 

މި އެކްސިޑެންޓްގައި އަނެއް ދަރިވަރަށް ކުދިކުދި އަނިޔާތަކެއްވި ނަމަވެސް، ސީރިއަސް އަނިޔާއެއް ނެތް ކަމަށް މެލޭޝިއާ މީޑިއާއިން ރިޕޯޓްކުރެ އެވެ. މި އެކްސިޑެންޓު ހިނގީ ގްރެބް އެޕްލިކޭޝަން ބޭނުންކޮށްގެން ކާރެއްގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.

މެލޭޝިއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރުމަށް ގޮސް އުޅޭ ގައުމެކެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް