ads
މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ
ރައީސަށް އާއިލާއިން ހަދިޔާއެއްގެ ގޮތުގައި 180,000 ރުފިޔާ، އާމްދަނީ 7 ލައްކައިން މަތީގައި
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެމަނިކުފާގެ އާއިލާއިން ހަދިޔާއެއްގެ ގޮތުގައި 180،000 ރުފިޔާ ދީފައިވާކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުގައި ހާމަކޮށްފިއެވެ.
Advertisement

ރައީސް މުއިއްޒުގެ މާލީ ބަޔާން ހާމަކުރަން ދެކޮޅު ހެދިކަމަށް ބައެއް މީޑިއާތަކުން ިއއްޔެ ވަނީ ރިޕޯޓްކޮށްފަ އެވެ. އެވާހަކަތައް ދޮގުކުރުމަށް ފަހު ރައީސް އޮފީހުން ރޭ ވަނީ ރައިސް އާއި ނައިބު ރައީސްގެ މާލީ ބަޔާން އެ އޮފީހުގެ ވެބްސައިޓްގައި ރޭ އާއްމުކޮށްފައެވެ. 

މާލީ ބަޔާނުގައި ވާ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒަަށް މިދިޔަ 6 މަސްދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނީ 705,024 ރުފިޔާ އެވެ. އެއީ އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި 285،024 ރުފިޔާއާއި ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ ރޯ ހައުސް ކުއްޔަށްދީގެން ކުލީގެ ގޮތުގައި ލިބިވަޑައިގެން 240،000 ރުފިޔާގެ އިތުރުން އެމަނިކުފާނުގެ މަންމާފުޅުގެ ގޯތިން މި. ފިގް އާއިލާގެ ފަރާތުން ހަދިޔާކުރި 180،000 ރުފިޔާކަމަށް މާލީ ބަޔާނުގައި ވެއެވެ. 

އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މިދިޔަ 6 މަސްދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ދައުލަތުން އެލަވަންސްގެ ގޮތުގައި 199،999.98 ރުފިޔާ ލިބިފައިވާކަމަށް މާލީ ބަޔާނުގައި ވެއެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ދިމްޔާތުން މުސާރައިގެ ގޮތުގައި އަނބިކަނބަލުން ސާޖިދާއަށް 78،000 ރުފިޔާ ލިބިފައިވާކަމަށްވެސް މާލީ ބަޔާނުގައި ވެއެވެ. އޭގެއިތުރުން ހެލެތް މިނިސްޓްރީގެ ކޮންސަލަޓެންޓެއްގެ ގޮތުގައި ހުންނަވާތީ ސާޖިދާއަށް އެލަވަންސެއްގެ ގޮތުގައި 4927.32 ރުފިޔާ ލިބިވަޑައިގެންފައިވާކަމަށް ރައީސް މާލީ ބަޔާނުގައި ވެއެވެ. 

މީގެއިތުރުން ވާރުތަ މުދާގެ ގޮތުގައި ދިމްޔާތު ހުރި އިރު އެ ބިމުގެ އަގަގަކީ 5919،500.00 ކަމަށާއި އަދި ވަށަފަރުގައި ހުރި ދިމްޔާތު ކިޔާގޭ ބިމުގެ އަގަކީ 150،000.00 ކަމަށްވެސް މާލީ ބަޔާނުގައި ވެއެވެ. އަދި އެމަނިކުފާނުގެ އަމިއްލަ މިލްކެއްގެ ގޮތުގައި 260،000.00 ރުފިޔާގެ ކާރެއް އޮތްކަމަށްވެސް ރައީސްގެ މާލީ ބަޔާނުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް