ads
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ އެމްޑީއަކަށް އައްޔަންކުރި ޔާމީން އިދުރީސް (ކ)
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ އެމްޑީއަކަށް ޔާމީން އިދުރީސް
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރަކަށް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އައްޔަންކޮށްފި އެވެ.
Advertisement

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް މުއިއްޒު އުފެއްދެވީ މިދިޔަ މަހުގެ 12 ވަނަދުވަހު އެވެ. 

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕީސީބީން މިއަދު ވަނީ މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަނުކޮށްފަ އެވެ. 

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ކަމަށް އައްޔަންކުރީ ދ. ކުޑަހުވަދޫ، މަތަރަސްމާގެ، ޔާމީން އިދްރީސް އެވެ. އޭނާއަކީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީއެވެ. އަދި އޭނާއަކީ މިހާރުގެ އިސްލާމިކް މިނިސްޓަރު އިސްވެ ހުންނަވާ އުފެއްދެވި ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެވެސް އެމްޑީއެވެ. ޔާމީން މިވަގުތު ހުންނެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އެސްޖީގެ މަގާމުގަ އެވެ. 

ޕީސީބީން ބުނީ މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސާފައިވަނީ  ދަފްތަރު ނަންބަރު ރސ، 12132، އިއްޒުއްދީން އަދްނާން ކަމަށެވެ. އޭނާއަކީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އެވެ. 

ބޯޑުގައި ދެން ހިމެނޭ މެމްބަރުން

  • ހުސައިން ޝާމް އާދަމް، ޔާގޫތުގެ / ނ. ފޮއްދޫ 
  • މުހައްމަދު ޝުޖާއު، މއ. އިބަރަކަ / މާލެ
  • މަރްޔަމް ނިހާޔަތު، ވެލަގަލާ / ގދ. ތިނަދޫ
  • އަބްދުﷲ އަލީ، މީނާޒް / ރ. ކަނދޮޅުދޫ
  • މުހައްމަދު ހިލްމީ، ސައިމާ / ހދ. ވައިކަރަދޫ

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް