މިއީ ހަކުރު ބަލި ހުރިކަން ނުއެނގި ތިބޭ ފަރާތްތަކަށް، އެމީހުންގެ ސިއްހީ ހާލަތު ވަޒަންކޮށް ދެނެގަތުމަށްޓަކައި މޫނުމަތިން ފެންނާނެ މުހިންމު ނިޝާންތަކެކެވެ.
ސިއްހީ މާހިރުން ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، ކަނދުރާއާއި މޫނުމަތީގައި އުފެދޭ ކަޅުކުލައިގެ މަޑު ބޯ ހަމުގެ ފޮތިތަކަކީ ލޭގައި ހަކުރު ގިނަވުމުގެ ސަބަބުން ފެންނަ މުހިންމު ނިޝާންތަކެކެވެ. މީގެ އިތުރުން، ހަމުގައި އުފެދޭ ކުދި މަސްފޮތިތަކާއި އަދި އެސްފިޔަ ދުޅަވުމަކީވެސް ލޭގައި ހަކުރު މަތިވެފައިވާކަން އަންގައިދޭ އަދި ނުއެނގި ހުންނަ އިންސިއުލިން ރެސިސްޓެންސްގެ ސަބަބުން ފެންނަ މުހިންމު އިޝާރާތްތަކެކެވެ.
މިފަދަ ނިޝާންތަކަކީ ލޭގެ ތަހުލީލުތަކުގެ ނަތީޖާ ލިބުމުގެ ކުރިންވެސް ފެންނަން ހުންނަ ކަންކަން ކަމަށްވާތީ، ލޭގައި ހަކުރު މަތިވެފައިވާކަމާއި އިންސިއުލިން ރެސިސްޓެންސް ހުރިކަން ދެނެގަތުމަށް މިއީ ވަރަށް ބޮޑު އެހީއަކަށްވެގެންދާނެއެވެ. ސިއްހީ މާހިރުން ބަޔާންކުރައްވާ ގޮތުގައި، މޫނުމަތީގެ ހަމަށް އަންނަ މިފަދަ ކުދިކުދި ބަދަލުތަކަށް ސަމާލުކަން ދިނުމަކީ ބަލި ދެނެގަނެވި އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވާނެ ކަމެކެވެ.
އެހެންކަމުން މޫނުމަތިންނާއި ކަނދުރާއިން މިފަދަ ނިޝާންތަކެއް ނުވަތަ ބަދަލުތަކެއް ފެންނަމަ، ލޭގެ ތަހުލީލުތަކުގެ ނަތީޖާއަށް އިންތިޒާރުކުރުމުގެ ކުރިންވެސް ސިއްހީ މާހިރުންގެ އިރުޝާދު ހޯދައި، ލޭގައި ހަކުރު ހުރި މިންވަރު ތަހުލީލުކޮށް ސަމާލުވުން މުހިންމެވެ.