ads
މީރާ
އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 28 ބިލިއަން ރުފިޔާ އަދި 1.2 ބިލިއަން ޑޮލަރު
އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 28 ބިލިއަން ރުފިޔާ އަދި 1.2 ބިލިއަން ޑޮލަރު ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
Advertisement

މީރާއިން ބުނީ މިދިޔަ ސެޕްޓެންބަރު މަހު ދައުލަތަށް 2.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ. މީ މދިޔަ މަހު ލިބޭނެކަަމަށް އަންދާޒާކުރި ވަރަށްވުރެ 12.7 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެ އެވެ. އެހެންނަމަވެސް މީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ 10.7 އިންސައްތަ މަދު އަދަދެއްކަމަށް މީރާއިން ބުނެ އެވެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރަށް ވުރެ މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ދަށްވީ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި އާއްމު ދާއިރާގެ ޖީއެސްޓީ ދަށަށް ދިޔުންކަމަށެވެ. 

މިދިޔަމަހުވެސް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިދިޔަމަހު ވަނީ 1.3 ބިލިއަން ރުފިޔާ ލިބިފައެވެ. މީ މިދިޔަމަހުގެ މުޅި އާމްދަނީގެ 46.8 އިންސައްތަަަކަމަށްވެސް މީރާއިން ބުނެ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓުތަކުގެ ކުލިންނެވެ. ރިސޯޓްކުލީގެ ގޮތުގައި މިދިޔަމަހު ވަނީ 424 މިލިޔަން ރުފިޔާއެވެ. 

ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކެސް އިން ނެވެ. އިންކަމްޓެކްސްގެ ގޮތުގައި 213 މިލިޔަން ރުފިޔާ މިދިޔަމަހު ވަނީ ލިބިފައެވެ. ދެން ލިބުނު އާމްދަނީތަކަށް ބަލާއިރު ގްރީން ޓެކުހުގެ ގޮތުގައި 202 މިލިޔަން ރުފިާ ލިބިފައިވާއިރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި177 މިލިޔަން ރުފިޔާ އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 173 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. 

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 126.8 މިލިޔަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މިރާއިން ބުނެ އެވެ.  މި ނިމުނުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދައުލަތަށް ވަނީ ޖުމްލަ 28 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އަދި އޭގެއިތުރުން  1.2 ބިލިޔަން ޑޮލަރުވެސް ވަނީ ލިބިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް