ads
ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ބޯޓް
ރާއްޖޭ ސަރަހައްދަށް ވަގަށް ވަދެ އުޅުނު ބޯޓުތަކެއް އަތުލައިގެންފި
ރާއްޖޭ ސަރަހައްދަށް ވަގަށް ވަދެ އުޅުނު ބޯޓުތަކެއް އަތުލައިގެންފި އެވެ.
Advertisement
އެމްއެންޑީއެފުން ބުނީ އެ އިދާރާގެ ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ތިން މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. 
 
މި ތިން މަސްބޯޓުވެސް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށްކަމަށް ސިފައިން ބުނެ އެވެ. އަދި މި ބޯޓްތައް އަތުލައިގަތީ ރޭ ހިންގި އޮޕަރޭޝަނެއްގައިކަމަށް ސިފައިން ބުނެެެވެ. މި ބޯޓުތައް މާލެ ގެނެއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. 

ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓެއް މިދިޔަ މަހުވެސް ވަނީ އަތުލައިގެންފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް