މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށައަޅާފައެވެ. ދިފާއި ބަޔާން ހުށައަޅުއްވަމުން ޔާމީންގެ ދިފާއީ ވަކީލުން ވަނީ މި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކި ބަސް ނަގާފައިވާތީ އެ ހެކި ބަސް ސައްހަ ނުވާނެކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ދެ މީހުންނަކީ އެމްއެމްޕީއާރިސީ ހިޔާނަޔް ހިންގިކަމަށް އިއުތުރާފުވެފައި ތިބި ބައެއްކަމަށާއި އެހެންކަމުން ނަކީ ފާސިގުންކަަމަށެވެ.
ދައުލަތުން އަދީބާއި ޒިޔަތު މިނިވަންކުރީ މި މައްސަލާގައި ޔާމީނާއި ދެކޮޅަށް ހެކިބަސް ދޭންކަަމަށްވެސް ޔަމީންގެ ވަކީލުން މިއަދު ވަނީ ވިދާޅުވެފަ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވާ ނިންމާފައިވާތީ ދެން އޮންނާނީ ހުކުމްކުރުން ކަމަށެވެ. އެގޮތުން ހުކުމް އިއްވުމުގެ މަޖިލިސް އޮންނަނީ މި މަހުގެ 29 ވަނަ ދުވަހުގެ 11:00 ގައިކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
ރ ފުއްގިރި މައްސަލާގައި ސަންގެ ދެ ކުންފުންޏަކާއި ދެކޮޅަށްވެސް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން އުފުލިއެވެ. އެހެންނަމަވެސް އެ ދައުތައް ސާބިތުވެފަ އެއް ނުވެއެވެ. އަދި ދައުލަތުން ވަނީ އެ މައްސަލަތައް މަތީ ކޯޓުގައި އިސްތިއުނާފުނުކުރަން ވެސް ނިންމާފަ އެވެ.