ads
އީޝާއާ މައިކަލް އޯވެން
އީޝާ، މަޝްހޫރު ފުޓުބޯޅަތަރި މައިކަލް އޯވެންއާއެކު!
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ އެގްޒެކެޓިވް އަދި ސިޔާސީ ދާއިރާގައި ކުރިން ހަރަކާތްތެރިވި އައިޝަތު އީޝާ އަޝްރަފް، ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރި މައިކަލް އޯވެންއާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފި އެވެ.
Advertisement

މި ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތަފާތު ކޮމެންޓުތަކާއި ރިއެކްޝަންތައް ދެމުންނެވެ.

އީޝާއަކީ ރައީސް އޮފީހުގެ މަގާމެއްގެ އިތުރުން، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާއަކީ ވެރިކަންކުރާ ޕީއެންސީގެ ޒުވާނުންގެ ހަރަކާތްތަކުގައި ވެސް ވަރަށް އިސްކޮށް އުޅުނު މީހެކެވެ.

ފަހަކަށް އައިސް އީޝާއަށް އާންމުންނާއި މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، އޮންލައިން ނޫސް "އަދަދު" އިން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި އޭނާ ދައްކާފައިވާ ވާހަކަތަކާ ގުޅިގެންނެވެ. ރައީސް ޑރ މުހައްމަދު މުއިއްޒަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީގައި އިންޓަވިއު ދިން ކަމަށް ބުނެ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އޭނާގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، ފުރަތަމަ އަޑުއެހުން މި ހިނގާ ދެހާސް ސައްބީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ބާއްވާފަ އެވެ. 

މި މައްސަލައިގައި އީޝާ އާއި އޭނާގެ ވަކީލުންގެ ޓީމުން (އެ ޓީމުގައި ކުރީގެ ޕީޖީ ހުސައިން ޝަމީމް ވެސް ހިމެނިވަޑައިގަންނަވާ) ވަނީ ފުލުހުންގެ ތަހުގީގު ކުރިއަށްދިޔަ ގޮތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ސިޔާސީ ނުފޫޒު އޮތްކަމަށް ތުހުމަތުކޮށްފަ އެވެ. 

މީގެ އިތުރުން، އޭނާގެ އާއިލާ ބްލެކްލިސްޓްކޮށް، ވަޒީފާގެ ފުރުސަތުތައް ސަރުކާރުގެ ތެރެއިން ބަންދުކުރަމުންދާ ކަމަށް ބުނެ ސަރުކާރުގެ އިސް ބޭފުޅުންނަށް އީޝާ ވަނީ ސޯޝަލް މީޑިއާގައި ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.

61%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
28%
ވަރަށް ސަލާމް
ކޮމެންޓްސް