ads
1.8 ކިލޯގެ ޑްރަގު އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ވައިގެ މަގުން ރާއްޖެއަށް 1.8 ކިލޯގެ ޑްރަގު އެތެރެކުރަން މަސައްކަތް ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

މި މިހާ ހައްޔަރުކޮށްފައިވަނީ  އިއްޔެ އެވެ. މިމިހާގެ ބަންދު އަމުރުގައިވާ ގޮތުން މީނާގެ ލަގެޖް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 02 ފުޅި ވަނީ ފެނިފަ އެވެ. 

އެތަކެތި ފެނުމުން އޭނާ އާ ސުވާލުކުރުމުން އެއީ މީހަކާއި ހަވާލުކުރަން ގެނައި ތަކެތި ނޫންކަމަށާއި އެއީ އޭނާގެ އަމިއްލަ އެއްޗެއްކަަމަށް ބުނެފައިވާކަމަށް ބަންދު އަމުރުގައި ވެއެވެ. މީނާގެ ގެނައި ޑްރަގު ގެ ބަރުދަނުގައި 1.8 ކިލޯ ހުރިކަމަށް ބަންދު އަމުރުގައި ވެއެވެ. އަދި އެތަކެތި ތަހުލީލުކުރުމުން އެއީ ޓެޓްރާހައިޑްރޯ ކެނަބިނޯލް ކަމަށްވެސް ބަންދު އަމުރުގައި ވެއެވެ. 

މީގެއިތުރުން މި މީހާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން އެމްފިޓަމިން އަދި ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާކަމަށް މިމިހާގެ ބަންދު އަމުރުގައި ވެއެވެ. އުމުރުން 39 އަހަރުގެ މީ މީހާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް