ads
އައްމަޓީ ހައިކޯޓުގެ ޝަރީއަތުގައި
އައްމަޓީގެ އިސްތިއުނާފު އަޑުއެހުންތައް ނިމިއްޖެ
ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވި މައްސަލައިގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ދައުލަތުން އުފުލި 42 ދައުވާ ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް، ހައިކޯޓުން އެންމެ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމާލައިފިއެވެ.
Advertisement

މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ގިނަ އަހަރުތަކެއް ވެފައިވާ ބޮޑެތި މައްސަލަތައް ހައިކޯޓުގައި ނުނިމި ހުރި ނަމަވެސް، މިދިޔަ އޭޕްރީލް މަހު ހުށަހެޅި މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ވަނީ އެންމެ ތިން ހަތަރު އަޑުއެހުމަކުން ނިންމާލާފައެވެ. 

އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ބެއްލެވި މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަނީޒެވެ. މައްސަލައިގެ އިސްތިއުނާފާ އެކު އައްމަޓީ ރާއްޖެއިން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ހަވާލުކުރުމުން ހިންގި މި ބޮޑު ޚިޔާނާތުގެ މައްސަލައިގައި އައްމަޓީގެ މައްޗަށް އުފުލި ޖިނާއީ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މީގެކުރިން ނިންމީ އެއީ މަދަނީ މުއާމަލާތަކާ ގުޅޭ ކަމަކަށް ވާތީއެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތަކުގެ ތެރެއިން ދިގުލައިގެން ދިޔަ އަޑުއެހުމެއްގައި އައްމަޓީ ވަނީ ކޯޓުގައި ރުޅިގަދަވެ، ދައުލަތުގެ ވަކީލުންނަށް އިންޒާރު ދީފައެވެ. 

އޭނާ ތުހުމަތުކުރި ގޮތުގައި ދައުލަތުން ދަނީ ވުޖޫދުގައި ނެތް ފްލެޓްތަކެއް ވިއްކި ކަމަށް ބުނެ ކޯޓުގައި ދޮގުހަދައި ކަންކަން އޮޅުވާލަމުންނެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ދޮގު ހަދައިގެން ވާހަކަ ނުދެއްކޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް