ads
ދެ މީހަކު ބަޑިއެއް ހިފައިގެން ގޮސް ކާރެއްގެ ޑިކީއަށް އަށް ލަނީ. މި މީހުން ހޯދާ ބަޑިތައް ފުލުހުން ވަނީ އަތުލާފައި
ފުލުހުން ނުކުމެ ކުޅޭ ކުޅޭ ބަޑިތަކެެއް ހޯދާ ބެލުމުގެ ދަށަށް ގެނެސްފި
ފުލުހުން ނުކުމެ ކުޅޭ ކުޅޭ ބަޑިތަކެެއް ހޯދާ ބެލުމުގެ ދަށަށް ގެނެސްފިކަމަށް އެ އިދާރާއިން ބުނެ ފިއެވެ.
Advertisement

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ، ބަޔަކު ބަޑިއެއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރު ކުރެވިފައިކަމަށެވެ. މި ކަމާ ގުޅިގެން އިތުރަށް ބެލިބެލުމުން، މި ވީޑިއޯއަކީ 2026 އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއްކަން ވަނީ ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައިކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވުމުން، އެ ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުރުކޮށްފައިވާކަަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރުކުރެވިފައިވާކަމަށާއި އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެ ގެނގުޅުނު މީހުން ބުނެފައިވާކަމަށް ފުލުހުން ބުނެ އެވެ. 

މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށާއި އެކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް