ads
ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި ދެ ފުލުހަކަށް ފަރުވާދެނީ
ހުޅުމާލޭގައި ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި ދެ ފުލުހަކަށް ފަރުވާދޭން ފަށައިފި އެވެ.
Advertisement

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި ފުލުހުންގެ ސައިކަލްގައި ތިބި ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާާކަަމަށް ފުލުހުން ބުނެ އެވެ. އަދި އެ ދެ ފުލުހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް ފުލުހުންނަށް ލިބުނު ޒަހަމްތަކެއް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަވެ އާއްމުކޮށް އެކްސިޑެންޓްތައް ހިގާ މަގުތަކުގައި ބަމްޕަރު ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. 



0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް