ads
ފްލައިދުބާއީގެ ބޯޓެއް --
ޔޫއޭއީން ހައްޔަރުކުރި ދިވެހި 2 ޕައިލެޓުން ރާއްޖެ ގެނެސް، ފުލުހުން ސުވާލުކުރަނީ
ޔޫއޭއީގެ ދުބާއީން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރު ކުރި ފްލައިދުބާއީގެ މަތިންދާބޯޓު ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެ ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެއަށް ފޮނުވާލުމުން މިއަދު އަތުވެއްޖެ އެވެ.
Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ޔޫއޭއީގައި ބަންދުކުރި ދެ ޕައިލެޓުން މިއަދު ރާއްޖެ އައުމުން، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެެވެ.

އެކަމަކު ހާދިސާއާ އެ ދެ ދިވެހިންނާ ގުޅެނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން ފްލައިދުބާއީއިން ހިންގި އަމިއްލަ ތަހުގީގަށް ފަހު، ނިންމާފައި ވަނީ ބައެއް މުވައްޒަފުން ވަކިކުރަން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވެ އެވެ

ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް 182 މީހުންނާއެކު، ދަތުރުކުރި ބޯޓުގެ ޕައިލެޓަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނިކޮށް އޭނާ ކޮކްޕިކް ދޮރު ހުޅުވުމުން ކްރޫންނާއި ފަސިންޖަރުން ކޮކްޕިޓަށް ވަދެ ބޯޓުގެ ކޮންޓްރޯލް ހޯދައި ކޯ-ޕައިލެޓް ހިފަހައްޓާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި ކުއްލި ހާލަތުގައި ސައޫދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ޖައްސައި، އޭގައި ދަތުރުކުރި އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް