ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ރޭގެ ފަތިހު 4:29 ހާއިރުކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ބްރިޖުގެ ހައިވޭގައި ރޭ ފަތިހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ، އެ ވަގުތު ހައިވޭގައި ޑިއުޓީ އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ޖެހިގެންކަަމަށެވެ. މި ފުލުހަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވި މި ސައިކަލް ހައިވޭގައި އެ ވަގުތު ތިބި އެހެން ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ފުލުސް މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަދި ސައިކަލް ދުއްވަން އިން މީހާގެ ތަފްސީލްތަކެއްވެސް އަދި ނުދެ އެވެ.