ads
ހޮޅި ދަނޑިއަށް އެރި ޓެކްސީ ލައިންގެ ކާރު
ކޮންޓްރޯލް ނުވެގެން ޓެކްސީ ލައިންގެ ކާރެއް ހޮޅިދަނޑިއަކަށް އަރައިފި
ސަރުކާރުގެ ޓެކްސީ ލައިންގެ ކާރެއް ކޮންޓްރޯލް ނުވެ، ހުޅުމާލޭ މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި އަރައިފި އެވެ.
Advertisement

ފުލުހުން ބުނީ މި އެކްސިޑެންޓް ރިޕޯޓް ލިބުނީ ރޭ ފަތިހު 04:33 ހާއިރުކަމަށެވެ. މި އެކްސިޑެންޓްގައި ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ ހުޅުމާލޭ ބަގީޗާ ހިނގުމުގައި ހުރި ހޮޅިދަނޑިއެއްގައިކަމަށް ފުލުހުން ބުނެ އެވެ. 

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެކިވަރުގެ އަނިޔާތަކެއް ލިބުނު ނަމަވެސް އޭނާއަށް ސީރިއަސް އެެއްވެސް އަނނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެ ފި އެވެ. 

މި މައްސަލައާ ގުޅިގެން، ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ. ޓެކްސީ ލައިންގެ ފެށީ މި އަހަރުގެ އެޕްރީލް މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް