މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައިކަމަށެވެ. މި އޮޕަރޭޝަންގައި ރަސްދޫއިން 10 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުހައްމަދުއާއި، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި މުހައްމަދު އުލްވާން ރަޝީދުއާއި، އަހްމަދު އަރީފު އަދި އަހްމަދު މުހައްމަދު ފަސްދުވަހަށް އަދި އަހްމަދު އިކުލީލް ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.