ads
އިސްރާއީލު ވަޒަންވެރިން ވިލާތުގެ ދިޕްލޮމޭޓުންނަށް ހަމަލާދީފި
ނުރައްކާތެރި ހަމަލާއެއް: އިސްރާއީލު ވަޒަންވެރިން ވިލާތުގެ ދިޕްލޮމޭޓުންނަށް ހަމަލާދީފި
އިސްރާއީލުން ހިފާފައިވާ ހުޅަނގު ކަރައިގެ ސަރަހައްދަކަށް ޒިޔާރަތްކުރެއްވި ވިލާތުގެ ދިޕްލޮމޭޓުންގެ ވަފުދަކަށް އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިން ނުރައްކާތެރި އަދި އަނިޔާވެރި ހަމަލާތަކެއް ދީފި އެވެ.
Advertisement

މި ހާދިސާ ހިންގާފައިވަނީ ވިލާތުގެ ދިޕްލޮމޭޓުންގެ އެ ވަފުދުން ހިފާފައިވާ ހުޅަނގު ކަރައިގެ ސަރަހައްދަށް ކުރެއްވި ރަސްމީ ޒިޔާރަތެއްގެ ތެރެއިންނެވެ.

މި އަނިޔާވެރި ހަމަލާގެ ތެރޭގައި އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިން ވަނީ ދިޕްލޮމޭޓުން ދަތުރުކުރެއްވި އުޅަނދުފަހަރަށް އަމާޒުކޮށް ނުރައްކާތެރިކޮށް ގާ އުކާފައެވެ. އަދި މި ގާ އުކުމުގެ ސަބަބުން ދިޕްލޮމޭޓުންގެ އުޅަނދުފަހަރުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ގޮސް، އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މީގެއިތުރުން، ދިޕްލޮމޭޓުންގެ ވަފުދާއެކު ދަތުރުކުރެއްވި ފްރާންސުގެ މޭޔަރަކަށްވެސް އިސްރާއީލުގެ ވަޒަންވެރިން ވަނީ ޖިސްމާނީ ގޮތުން ސީދާ ހަމަލާދީ އަނިޔާކޮށްފައެވެ. މިއީ ހުޅަނގު ކަރައިގައި އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިން ދިޕްލޮމޭޓުންގެ ވަފުދަކަށް އަމާޒުކޮށް ހިންގި ވަރަށް ނުރައްކާތެރި އަދި ނުރައްކާ ބޮޑު އަނިޔާވެރި އަމަލެކެވެ.

ހިފާފައިވާ ހުޅަނގު ކަރައިގައި އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިން ވިލާތުގެ ދިޕްލޮމޭޓުންނަށް އަމާޒުކޮށް ދިން މި އަނިޔާވެރި ހަމަލާއާ ގުޅިގެން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ބައިނަލްއަޤްވާމީ ދިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް