ads
ގދ. ކަނޑެވާރެހާ، ފަތުރުވެރިކަމަށް ރަށް ކުއްޔަށް ދިނުމުގެ ރޭޓުތަކަށް ސަރުކާރުން މިއަދު ވަނީ ބަދަލުތަކެއް ގެނެސްފަ
ފަތުރުވެރިކަމަށް ރަށް ކުއްޔަށް ދިނުމުގެ ރޭޓުތަކަށް ބަދަލުތަކެއް ގެނެސްފި
ބައެއް އަތޮޅުތަކުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލު ގެނެސްފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ކޮންސެޝަން ރޭޓުތަކާއެކު ދެ އަހަރު ދުވަހުގެ މުއްދަތަށް މި ލުއިތައް ލިބިގެންދާނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށް އެކަނި ކަމަށެވެ.

ހއ، ހދ، ށ، ތ، އަދި ސ އަތޮޅަށް ކަނޑައަޅާފައިވާ ވަކިވަކި ރޭޓްތައް:

  • * ބޭސް ރޭޓަކީ 400,000 އެމެރިކާ ޑޮލަރު
  • * ހެކްޓަރަކަށް ޖެހޭ ރޭޓަކީ 35,000 އެމެރިކާ ޑޮލަރު

ލ. އަތޮޅަށް ކަނޑައަޅާފައިވާ ރޭޓް:

  • * ބޭސް ރޭޓަކީ 700,000 އެމެރިކާ ޑޮލަރު
  • * ހެކްޓަރަކަށް ޖެހޭ ރޭޓަކީ 60,000 އެމެރިކާ ޑޮލަރު

އާ އުސޫލުގައިވާ ގޮތުން ރަށްރަށުގެ ބިމުގެ ބޮޑުމިން ބަލާނީ މީން ޓައިޑް ލައިން އެތެރޭގައި ހިމެނޭ ސަރަހައްދު ސާވޭ ކުރުމަށްފަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އާ އުސޫލުގެ ދަށުން ފަޅު ހިއްކުމުގެ ހުއްދަދޭނީ ހިއްކާ ސަރަަަަަހައްދުގެ އެކުއިޒިޝަން އަގު ދެއްކުމުން ކަމަށެވެ. ހިއްކާ ސަރައްދުގެ އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ އެ އަތޮޅަކަށް ކަނޑައަޅާފައިވާ ހެކްޓަރެއްގެ ރޭޓާއި، ހިއްކަން ހުށަހަޅާ ސަރަހައްދުގެ ބޮޑުމިން ގުނަކުރުމަށްފަހު، އެ އަދަދުގެ 70 އިންސައްތަ ނަގައިގެންނެވެ.

ކްރޮސް ސަބްސިޑީއަކީ، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލައި ކަނޑައަޅައިފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާ ކަމަށް ޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް