ads
ތަކުރާރުކޮށް އާއްމުންނަށް އުނދަގޫ ކުރާ މީހާ
އާންމު އުނދަގުލަކަށްވި ފައިރިޝްގެ ބަންދަށް 15 ދުވަސް
މާލޭގައި ތަކުރާރުކޮށް މީހުންނަށް ގޯނާތަކާއި އުނދަގޫތައް ކުރަމުންދާތީ އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
Advertisement

މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވަނީ، އުނދަގޫކުރާ މައްސަލަ ހައްލުނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު އިއްޔެ ހެނދުނުން ފެށިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދަނިކޮށެވެ. ހެންވޭރު ޕޮލިހާއި އެތަނުގެ ބޭރުގައި ސައީދު ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު މިއަދު ނިންމާލާފައިވަނީ ހަޅުތާލުގައި ހުންނަތާ 35 ގަޑިއިރަށްފަހު އެވެ.

ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދަށް ދިން 15 ދުވަސް ހަމަވާނީ ނޮވެމްބަރު ދެ ވަނަ ދުވަހަށެވެ.

އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުން ހިމެނެ އެވެ.

ކޯޓު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ، އެ ގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ފުލުހުންގެ ހާދިސާ ރިޕޯޓާއި ބަންދު ލޮގު ހުށަހަޅާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް