ads
ރަޝްމިކާ މަންދަންނާ
ކައިވެނިކުރަން ވިޖޭ ގާތު 100 ފަހަރު އެދުނިން: ރަޝްމިކާ
ބޮލީވުޑް އަދި ސައުތު ސިނަމާގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަންނާ އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިޖޭ ދެވަރަކޮންޑާ ގާތު ކައިވެނިކުރުމަށް އެއް އަހަރު ދުވަސް ވަންދެން 100 ފަހަރަށް ވުރެ ގިނައިން އެދުނު ކަމަށް ހާމަކޮށްފި އެވެ.
Advertisement

މި ވާހަކަ ހާމަކޮށްފައިވަނީ ކަރަން ޖޯހަރް ހުށަހަޅައިދޭ މަގްބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ އާ ސީޒަންގެ ޕްރޮމޯ ވީޑިއޯއެއްގަ އެވެ.

މި ޝޯގައި ދެމަފިރިން އެކުގައި ބައިވެރިވެ ދެއްކި ވާހަކައިގައި، ކައިވެންޏަށް އިސްނަގައި އެދުނީ ކާކުތޯ ކަރަން ކުރި ސުވާލަށް ޖަވާބު ދެމުން ވިޖޭ ބުނީ، އެކަމަށް އެދުނީ ރަޝްމިކާ ކަމަށެވެ. އަދި ރަޝްމިކާ ވަނީ އެއް އަހަރު ވަންދެން މެދުނުކެނޑި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާ ގާތު ކައިވެނިކުރަން އެދެމުން ގޮސްފައި ކަމަށް ވެސް ވިޖޭ ސަމާސާ ރާގަކަށް ބުންޏެވެ.

ވިޖޭގެ އެ ވާހަކައަށް އެއްބަސްވަމުން ރަޝްމިކާ ބުނީ، ވިޖޭއާ ކައިވެނިކުރުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމަށާއި އެހެންވެ އެކަމަށް ތަކުރާރުކޮށް އެދުނީ ކަމަށެވެ. އަދި ވިޖޭ އެންމެ ފަހުން އެކަމަށް އެއްބަސްވީ އޭނާގެ އެދުން ބޮޑުކަމުން ކަމަށް ބުނެ ޝޯގެ ތެރޭގައި ދެ ތަރިން ވަނީ ވަރަށް މަޖާ ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.

މި ޕްރޮމޯއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފައެވެ. ހާއްސަކޮށް ފޭނުން އަންނަނީ މި ދެ ތަރިންގެ ލޯބީގެ ގުޅުމަށް ތައުރީފުކޮށް، ދެ މީހުން އެކުގައި ޝޯއިން ފެނުމުން އުފާފާޅުކުރަމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، މި ދެ ތަރިން ވަނީ މިދިޔަ އަހަރު ސިއްރިއްޔާތުގައި އެންގޭޖްވެ، ކައިވެނިކޮށްފައެވެ. "ގީތާ ގޯވިންދަމް" އަދި "ޑިއާ ކޮމްރޭޑް" ފަދަ ކާމިޔާބު ފިލްމުތަކުން އެކުގައި ފެނިގެންދިޔަ މި ޖޯޑަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ދެ ތަރިންނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް