މި ރިވިއުގައި އެސްޓީއޯ އިން ވަނީ 97.5 އިންސައްތައިގެ ކޮމްޕްލަޔަންސް ރޭޓެއް ހާސިލުކޮށްފަ އެވެ.
މި ރިވިއުއަކީ 30 ޖޫން 2026 އާ ހަމައަށް 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް ޝާއިއުކޮށްފައިވާ ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ރިޕޯޓެކެވެ.
މި ރިވިއުގައި ބެލި ކުންފުނިތަކުގެ އެވްރެޖް ކޮމްޕްލަޔަންސް ރޭޓަކީ 93 ޕަސެންޓެވެ.
ސީއެމްޑީއޭގެ ރިވިއުގައި އެސްޓީއޯ އިން ހާމަކަން ބޮޑުގޮތެއްގައި ކޮށްފައިވާ ބައެއް މަސައްކަތްތައް ފާހަގަކުރި އެވެ.
އެގޮތުން 2025 ވަނަ އަހަރު އެސްޓީއޯގެ ޑިރެކްޓަރުން އަށް ތަމްރީނު ޕްރޮގުރާމް ފުރިހަމަކޮށްފައިވާ ކަމަށާއި އެކަމަށް މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރި އެވެ.
ސީއެމްޑީއޭ އިން ބުނި މިއީ މާކެޓުގައި ޑިރެކްޓަރުންގެ ތަމްރީނާ ގުޅޭގޮތުން ހާމަކޮށްފައިވާ އެންމެ ފުރިހަމަ މައުލޫމާތު ކަމަށެވެ.
އޭގެ އިތުން އެސްޓީއޯގެ އިންޓަނަލް އޮޑިޓް އޮނިގަނޑާއި ޑިރެކްޓަރުންގެ ބޯޑުގެ އިންތިހާބުގައި ބޯޑުގެ ތިންބައިކުޅައެއްބައި ޑިރެކްޓަރުން ކޮންމެ އަހަރަކު އިންތިހާބަށް ހުށަހެޅެންޖެހޭ މިންގަނޑަށް ފުރިހަމައަށް އަމަލުކުރި ހަމައެކަނި ކުންފުންޏަކީ އެސްޓީއޯކަން ވެސް އެ ރިޕޯޓުގައި ފާހަގަކުރި އެވެ.
2026 ވަނަ އަހަރުގެ ރިޕޯޓިން ސައިކަލްގައި "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" މަޖުބޫރުކުރަން ނިންމާފައިވާއިރު، މިހާރުވެސް އެ ފްރޭމްވޯކާ އެއްގޮތަށް ސަސްޓެއިނަބިލިޓީއާ ގުޅޭ މައުލޫމާތުތައް އާންމުކުރަމުންދާ ދެ ކުންފުނީގެ ތެރޭގައި އެސްޓީއޯ ހިމެނޭކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.