ads
އަހަރުގެ މިހާތަނަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 660 މިލިއަނަށް އަރާފައި
ގަވާއިދާ ހިލާފުވެ ފައިސާ މާރުކުރުމުން ލައިސަންސް ހިފަހައްޓާ ފަސްލައްކައިން ޖޫރިމަނާކޮށްފި
ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިއާ ބެހޭ ގަވައިދާ ހިލާފުވެގެން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖު 500،000ރ. އިންް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި އެވެ.
Advertisement

މަރުކަޒީ ބޭންކު، އެމްއެމްއޭން މިރޭ ބުނީ، އެމްއެސް ފައިނޭންސާ މެދު ސުޕަވައިޒަރީ ފިޔަވަޅު އެޅީ މިއަދު ކަމަށެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް އެ އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެ އެވެ. 

މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް