ads
11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރުން.
11 ރަށެއްގައި އައިސްޕްލާންޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓްތަކެއް ގާއިމުކުރުމަށްޓަކައި މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު އެޅުމަށް އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ މިއަދު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ފިޝަރިޒް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ. މެލޭޝިއާގެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ވިޖޭ ކޭ ޕިލާއީ އަދި ޑިރެކްޓަރު މުޙައްމަދު ތައުފީގު ބިނޮތްމާން އެވެ.

މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓް ގާއިމުކުރާ ރަށްތައް

  • ހއ. ދިއްދޫ
  • ކުޅުދުއްފުށި ސިޓީ
  • ށ. ކޮމަންޑޫ
  • ކ. ގާފަރު
  • އއ. ރަސްދޫ
  • މ. މުލައް
  • ދ. ހުޅުދެލި
  • ގއ. ނިލަންދޫ
  • ގއ. ވިލިނގިލި
  • ގއ. މާމެންދޫ
  • ގދ. ރަތަފަންދޫ

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން 30 ޓަނުގެ އައިސް ޕްލާންޓެއް ފަރުމާކުރުމާއި ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމާއި، ތަކެތި ގެންދިއުމުގެ ކަންކަން ވިލަރެސްކުރުމާއި، މަޝްރޫޢު މެނޭޖްކުރުމުގެ އިތުރުން ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމުގެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.

މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، އެ ދާއިރާ އިތުރަށް ފުޅާކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް