ads
ޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރަން ފާސްކުރި ޝަފްނީޒް - ފޮޓޯ: މަޖިލިސް.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް އައްޔަނުކުރަން ރުހުންދީފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަހުމަދު ޝަފްނީޒް އައްޔަންކުރަން މަޖިލީހުން ފާސްކުރައްވައިފި އެވެ.
Advertisement


ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަހުމަދު ޝަފްނީޒް އައްޔަންކުރަން ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. ޝަފްނީޒް މިހާތަނަށް ހުންނެވީ މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ. 

އިގްތިސާދީ ކޮމިޓީ އިން އެ ދެ ބޭފުޅުންނާއި އިންޓަވިއުކުރައްވާފައިވާއިރު، ދެ ބޭފުޅުންނަށް ވެސް ވަނީ 75 މާކްސްއަށް ވުރެ މަތިން ލިބިފަ އެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފާޠިމަތު އަމީޒާ، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް