ads
ސްކޭމްގެ މައްސަލައެއްގައި ހޯދަމުން އަންނަ އަންހެން މީހާ
ސްކޭމް 30،000ރ ފޭރިގަން އުމުރުން ދުވަސްވީ އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފި
ސްކޭމްގެ މައްސަލައެއްގައި އުމުރުން ދުވަސްވީ އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
Advertisement

ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ މ. ގޯބިލިގަސްދޮށުގެ އުމުރުން 54 އަހަރުގެ ސަލީމާ ސަލީމްއެވެ. 

އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ 30،000ރ. ގެ ސްކޭމެއްގެ މައްސަލައެއްގައި މި އަންހެން މީހާ ފުލުހުން ހޯދަނީ އުޅޭ ވަކި ތަނެއް ނޭނގިގެން ޗިޓު ހަވާލުނުކުރެވިގެންކަަމށް ފުލުހުން ބުނެ އެވެ. މި މީހާއަކީ ސްކޭމްކޮށްގެން ހޯދި ފައިސާ ފިހާރައެއްގެ އެކައުންޓަށް ޖަމާކޮށް މުދަލާ ހަވާލުވާން ދިޔަ މީހާ އެވެ. 

ފުލުހުން، ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް މި މިހާ ހާޒިރުވުމަށް އަންގާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް