ads
ކުޅުދުއްފުށި. ފޮޓޯ: ޒުވާން މަސްވެރިޔާ
ފައިސާ ނުދީގެން ބޭބެއަށް މަރުގެ އިންޒާރުދިން މީހަކު ޖަލަށްލައިފި
ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ އެއްބަނޑު އެއްބަފާ ބޭބެއަށް އިންޒާރުދިން މައްސަލައެއްގައި ހދ. ކުޅުދުއްފުށީ މީހަކު ތިން މަހާއި ދެ ދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.
Advertisement

މިއަހަރުގެ ޖުލައި މަހު ހިނގި މި ހާދިސާގައި، އޭނާ ވަނީ ބޭބެ ޑިއުޓީގައި ހުއްޓައި އެތަނަށް ގޮސް ފައިސާއަށް އެދި، ފައިސާ ނުދިނުމުން މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ފުލުހުން އެތަނަށް ދިއުމުންވެސް، ފުލުހުންގެ ހާޒިރުގައި އޭނާ ވަނީ ބޭބެއަށް ބިރުދައްކައި އިންޒާރު ތަކުރާރުކޮށްފައެވެ.

ޝަރީޢަތުގައި އޭނާ ކުށަށް އިޢުތިރާފުވެފައިވާއިރު، އަނިޔާ ލިބުނު ބޭބެ މައްސަލަ ދޫކޮށްލަން އެދުމުން ކޯޓުން ވަނީ އަދަބު ލުއިކޮށްދީފައެވެ. ނަމަވެސް ޖޫރިމަނާ ދެއްކޭނެ ތަނަވަސްކަމެއް ނެތުމާއި ކުރީގެ ކުށުގެ ރެކޯޑެއް އޮތުމުން، އަދަބު ބަދަލުނުކޮށް ކޯޓުން ކަނޑައެޅީ ތަޙުޤީޤު ބަންދުގެ މުއްދަތު އުނިކުރުމަށްފަހު އޭނާ 3 މަހާއި 2 ދުވަހަށް ޖަލަށްލުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް